މަދަނީ ދައުވާ ހުށަހަޅައިގެން ޓެކްސް ޖޫރިމަނާ ނެގުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލަކީ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ގާނޫނީ ޝަހުސަކުން، ސަރުކާރަށް ނުވަތަ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފިޔަވައި އެހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މީރާއަށް ލިބޭ ގޮތް ހެދުމަށް ހުށަހެޅި ބިލެކެވެ.
މި ބިލުގައި ވާގޮތުގައި ޓެކްސް ދައްކަން ޖެހި ނުދައްކާ އޮތް މީހާގެ ނަމާއި އެޑްރެސް އަދި އޭނާ ދައްކަން ޖެހޭ ފައިސާގެ ތަފްސީލު އެނގޭ ލިޔުމެއް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއި ކުރެއްވުމުން އެއީ ދަރަނި ސާބިތު ކުރުމަށް ބޭނުންވާ ހެއްކެއްގެ ގޮތުގައި ގަބޫލު ކުރަން ޖެހޭނެ އެވެ.
މިއީ ހުކުމް ކުރުމަށް ބާރު ލިބޭ ހެއްކެއް ކަމުގައި ވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޓެކުހާ ގުޅޭ މުއާހަދާތަކާއި، ޓެކުހާ ގުޅޭ އެ ނޫން ވެސް އެއްބަސްވުންތަކުގެ ދަށުން ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ޓެކުހާގުޅޭ އިދާރާއާއެކުގައި ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމާއި، ބަދަލުކުރެވޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައް ވެސް ތަފްސީލީ ގޮތެއްގައި މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)