ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.5 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން އޯޕީޑީ ސަރަހައްދާއި އިމަޖެންސީ ރޫމާއި ލޭބާ ރޫމްގެ އިތުރުން ޕްރައިވެޓް ރޫމްތައް ހުންނަ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ތިނަދޫއަށް ވަޑައިގެން އާޒިމް ވަނީ އެ މަޝްރޫއު ކުރިއަށްދާ ހަލުވިމިން ބައްލަވާލައްވައިފަ އެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީގެ އަމާޒަކީ އެ މަޝްރޫއު ނިމޭއިރު އެ ހޮސްޕިޓަލަކީ ޖާގަ ތަނަވަސް ހޮސްޕިޓަލަކަށް ހެދުން ކަމަށެވެ.
އާޒިމް ތިނަދޫއަށް ކުރެއްވި ދަތުރުގައި އެރަށު ކައުންސިލާ ބައްދަލުކޮށް، އެމްޓީސީސީން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ނިންމައި، އެކަމަށް ބޭނުންވާ ހިދުމަތް ގާއިމުކުރުމަށް އާ އިމާރާތެއް އެޅުމަށް ހެލްތު މިނިސްޓްރީން ނިންމީ މިދިޔަ އަހަރު މާޗް މަހު ތެރޭގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު