ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެގައުމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު މާރިޔާ ލަންކާއަށް ވަޑައިގަންނަވަނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ "އެންއެސްއޭ ލެވަލް މީޓިން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރާއްޖޭގެ އިތުރުން، އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރައްވާނެއެވެ.
އެ ބައްދަލުވުމުގެ އޮބްޒާވަރުންގެ ތެރޭގައި ބަންގްލަދޭޝް، މޮރިޝަސް، އަދި ސީޝެލްސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު