މާލޭ ސަރަހައްދުގައި ހުރި ޑޭ ކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ޑޭކެއާ ސެންޓަރުތައް ހިންގުމުގެ ހުއްދަ އެޗްޕީއޭގެ ފަރާތުން ދީފައިވާ ކަމަށެވެ. މި ހުއްދަ މިގޮތަށް ދިން ކަމުގައިވިޔަސް އެ ހިދުމަތްދޭ ތަންތަން އެޗްޕީއޭއާއި މިނިސްޓްރީ ގުޅިގެން އިންސްޕެކްޓުކުރާނެ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވުމާއެކު އެންމެ ފުރަތަމަ ބަންދުކުރި ވިޔަފާރިތަކުގެ ތެރޭގައި ޖިމްތަކާއި ސެލޫންތަކާއި ސްޕާތަކުގެ އިތުރުން ޑޭ ކެއާ ސެންޓަރުތައް ހިމެނެއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ޑޭ ކެއާ ސެންތަރުތައް ހުންނަ އިރު، އެތަންތަނުގެ ހިދުމަތް ގިނަ ފަރާތްތަކުން ހޯދައެވެ. ހާއްސަކޮށް ވަޒީފާގައި ބުރަކޮށް އުޅޭ އަންހެނުން ޑޭ ކެއާ ސެންޓަރުތަކަށް ބަރޯސާވާލެއް ބޮޑެވެ.