ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ގ.ޑޭޒީފެހި، ހާތިފް ހިލްމީ އައްޔަންކުރައްވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ހާތިފް ހިލްމީ އައްޔަން ކުރީ އެކަމަށްޓަކައި އެ ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކާއި، ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެމަތިން ކަމަށެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށްފަހު، އެކަމުގެ ފަތްކޮޅު ހާތިފް ހިލްމީއަށް އެރުވީ އެކަމަށްޓަކައި، ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ހިސާން ހުސެއިންއެވެ.
ހާތިފް ހިލްމީ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި 10 އަހަރު އަދި ހައިކޯޓުގެ ފަނޑިޔާރުކަމުގައި އެއް އަހަރު އޭނާ ވަނީ ހިދުމަތްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު