ސ. ހިތަދޫ ޕޯޓަށް އަންނަ ބޯޓު ފަހަރުން ކާގޯ ލޯޑުކޮށް އަންލޯޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ސ. ހިތަދޫ ޕޯޓް ލިމިޓެޑުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހު 10:00 އަކަށް އެ ކުންފުނީގެ އޮފީހަށް އައިސް އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.
މައުލޫމާތު ސާފު ކުރުމަށްފަހު އަންނަ އަންގާރަ ދުވަހުގެ 10:00ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަންޖެހެ އެވެ. އަންދާސީ ހިސާބު ހުށަހަޅާ މީހުންގެ ތެރެއިން މައުލޫމާތު ސާފު ކުރަން ނާންނަ މީހުންނާއި ހުށަހަޅާ މައުލޫމާތު ފުރިހަމަ ނޫން އަންދާސީ ހިސާބު ބާތިލްކުރާނެ އެވެ.
ހިތަދޫ ޕޯޓް ލިމިޓެޑުން ބުނީ، 6888546 އަދި 6888558 އަށް ގުޅައިގެން އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.
ހިތަދޫ ޕޯޓަށް އަންނަ ބޯޓުފަހަރުން ކާގޯ ލޯޑުކޮށް އަންލޯޑު ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިދިޔަ އޮގަސްޓް މަހު ވެސް އިއުލާން ކުރި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު