ތޫފާން ނިވާރު ދެކުނު އިންޑިއާ އަށް އަރައިފި އެވެ.
ތޫފާން ނިވާރުގެ ސަބަބުން އިންޑިއާގެ ދެކުނުން ޓަމިލް ނާޑޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ދެކުނު އިރުމަތީ އައްސޭރިފަށަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި ޗެންނާއީގައި ވެސް ފެންބޮޑުވެ ގިނަ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ ތޫފާން ނިވާރުގެ ބާރުގަދަވެ، ގަޑިއަކު 145 ކިލޯމީޓަރުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފަ އެވެ.
ތޫފާނުން ސަލާމަތްވުމަށް ދެކުނު އިރުމަތީ ސަރަހައްދުގެ އެތައް ހާސްބަޔަކު ގެތައް ދޫކޮށް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު ޓަމިލް ނާޑޫގެ ސަރުކަރުން ވަނީ ސަރުކާރު ބަންދުކޮށް އެ ސްޓޭޓްގެ ހުރިހާ ރައްޔިތުން ބޭރަށް ނުނިކުތުމަށް އަންގައިފަ އެވެ. އަދި ދަތުރުފަތުރުގެ ހުރިހާ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓާލައިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ