އެމެރިކާގެ އުޓާގެ ހަނަފަސް ހިސާބަކުން ކޮޅަށް ޖަހާފައި ހުރި ދަގަނޑެއް ފެނިއްޖެ އެވެ.

ގޮތް ނޭނގޭ އެ ދަގަނޑު ފެނިފައިވަނީ އެ ސަރަހައްދުން ދަތުރު ކުރި ހެލިކަޕްޓަރެއްގެ ކައްޕި އަކަށެވެ. އޭނާ ބުނިި ގޮތުގައި، އެއީ އެކަހަލަ އެއްޗެއް ފެނުނު ފުރަތަމަ ފަހަރެވެ.

އުޓާގެ ހައިވޭ ޕެޓްރޯލްގެ އޮފިޝަލަކު ބުނީ، ގާތްގަނޑަކަށް 12 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބެލެވޭ އެ ދަގަނޑު ހުރީ ބިމަށް ޖަހައިފަ އެވެ. ނަމަވެސް އެއީ ކޮން މައުދަނެއްގެ ދަގަނޑެއް ކަމެއް އަދި ހޯދިފައިނުވާ ކަމަށް ބުންޏެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން، ބަލާބެލުމަށް އެއީ މީހަކު އެތަނުގައި ހަރުކޮށްފައި ހުރި އެއްޗެކެވެ.