އެމެރިކާގެ ރައީސް ކަމަށް އިންތިހާބު ވެފައިވާ ޖޯ ބައިޑަން ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އެންތޮނީ ބްލިންކެން އައްޔަން ކުރައްވަން އުޅޭ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އެ ވާހަކަތައް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ބައިޑަންގެ އަރިސް އޮފިޝަލަކާ ހަވާލާދީ އެެވެ. އަދި މިއަދުގެ ވަގުތެއްގައި އެ މަގާމަށް ބްލިންކެން އައްޔަން ކުރައްވާނެ ކަމަށް ބެލެވެ އެވެ.

އުމުރުން 58 އަހަރުގެ ބްލިންކެން އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ސެކްރެޓަރީ އޮފް ސްޓޭޓްގެ އިތުރުން ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ވެސް ބޭފުޅަކު މިއަދު ނޮމިނޭޓް ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.