ހަނދުން ހިލަ ނަގަން ޗައިނާއިން ޖައްވީ އުޅަނދެއް ފޮނުވަން ނިންމައިފިއެވެ.
ޗަންގްއީ-5 ޕްރޯބް އެއް ބޭނުންކޮށްގެން ޗައިނާގެ ސައިންސުވެރިން ހަނދާ ބެހޭ އިތުރު ހޯދުންތަކެއް ހޯދުމަށް ފަށާ މި މަސައްކަތުން ޗައިނާގެ ޖައްވީ ޓެކްނޮލޮޖީގެ ގާބިލުކަން ފެނިގެންދާނެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
މިއީ 1970ގެ ފަހުން ދުނިޔެއިން ހަނދަށް އުޅަނދެއް ފޮނުވައި ހަނދުން ސާމްޕަލް ނަގާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމެރިކާގެ އިތުރުން ސޯވިއެޓް ޔޫނިއަނުން ވެސް ވަނީ ހަނދުން ސާމްޕަލް ނަގައިފައެވެ.
ޗައިނާގެ މިޝަންގައި ހަނދަށް ދިއުމަށް މި ހަފުތާ ތެރޭ ދަތުރު ފެށުމަށް ހަމަޖެހިފައިވާ އިރު، ޗައިނާގެ އުޅަނދުން ދެ ކިލޯގެ ހިލަ ގެނައުމަށް ހަމަޖެހިފައިވެއެވެ.
ޗައިނާއިން ހޯދާ ސާމްޕަލް ބޭނުންކޮށްގެން ހަނދު އުފެދިފައިވާ ގޮތާއި ހަނދުގެ މެގްނެޓިކް ބަރުމިނާއި ހަނދުގެ އެތެރޭގެ ހަލަތު ދެނެގަންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ