އެމެރިކާގެ ރައީސް ޓްރަމްޕް ޓްރަމްޕްގެ ދޮށީ ދަރިކަލުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އޭނާގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އަދި ޕޮޒިޓިވްވެފައިވާކަން އެނގުމާއެކު ކަރަންޓީނުވެފައިވާ ކަމަށްވެސް ތަރުޖަމާނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބަޔާނުގައިވާ ގޮތުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް، އެގައުމުގައި އަމަލުކުރަމުން އަންނަ ގަވާއިދާ އެއްގޮތަށް ކަރަންޓީނުވެފައިވާ ކަމަށެވެ.
ޓްރަމްޕް ޖޫނިއާ އަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ޓްރަމްޕްގެ ދެވަނަ ދަރިކަލުންނެވެ. މީގެ ކުރިން 14 އަހަރުގެ ބެރޮން ޓްރަމްޕް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯއްދަވައިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ދޮށީ ދަރިކަލުން ވަނީ އެގައުމުގައި ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ