ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ބޮލީވުޑް ބާދްޝާ ޝާހުރުކް ޚާން ފެނިގެންދާނެ ފުރަތަމަ ފިމްލު ޕަތަންގެ ޝޫޓިން އޭނާ ފަށައިފިއެވެ.
ސިދާތު އާނަންދް އުފައްދާ މި ފިލްމުގެ ޝޫޓިން އިއްޔެ ފެށީ މާގިނަ ބަޔަކަށް ނޭނގޭނެހެންނެވެ.
ޕަތަން ކުޅެން ޝާހު އެއްބަސްވީ ފިލްމުގެ ސްކްރިޕްޓާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިގެންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ފިލްމުގެ ބަތަލާއަކަށް ދީޕިކާ ޕަޑުކޯން ފެނިގެންދާއިރު ވިލަންއަކަށް ފެނިގެންދާނީ ޖޯން އަބްރަހަމްއެވެ.
2018 ވަނަ އަހަރު ޝާހް ލީޑްރޯލުން ފެނިގެންދިޔަ ފިލްމު "ޒީރޯ" ގެ ނާކާމިޔާބީއަށް ފަހު ޝާހް ވަނީ ފިލްމު ކުޅުމުން ދެ އަހަރު ދުވަހުގެ ބްރޭކެއް ނަގައިފައެވެ. މި ދެ އަހަރު ތެރޭގައި ޝާހަށް ގިނަ ފިލްމުތަކެއްގެ ހުށަހެޅުން ލިބިފައިވީ ނަމަވެސް އޭނާ ވަނީ އެ ފިލްމުތަކުގައި މަސައްކަތް ކުރަން އިންކާރު ކޮށްފައެވެ