ދުނިޔެ

20 މަސް ފަހުން އެމެރިކާގައި ބޯއިންގް 737 މެކްސް ބޭނުންކުރުމުގެ ހުއްދަ ދީފި

މުހައްމަދު އައުޒަމް

ވިހި މަސް ފަހުން އެމެރިކާގައި ބޯއިންގް 737 މެކްސް ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.

މިދިޔަ އަހަރުގެ މާޗް މަހުގައި ބޯއިންގް 737 މެކްސްގެ ފްލައިޓުތައް އެމެރިކާގައި ހުއްޓުވާފައިވަނީ އެދުވަސްވަރު ހިނގި ނުރައްކާތެރި ދެ ހާދިސާއެއްގައި 346 މީހުން މަރުވުމާ ގުޅިގެންނެވެ. އެދުވަސްވަރު ކޮށްފައިވާ ތަހުގީގުތަކުން ދައްކާފައިވަނީ ބޯއިންގް 737 މެކްސްގެ ފްލައިޓުތައް ޓެކްނިކަލް މައްސަލައެއް ޖެހި ފްލައިޓު ކޮންޓްރޯލް ނުވެ ވެއްޓުމުގެ ހާދިސާތައް ހިނގާފައިވާކަމެވެ.

އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހުއްދަ ދީފައިވަނީ އެމެރިކާގެ އެތެރޭގެ އުދުހުންތަކުގައި ބޯއިންގް 737 މެކްސް ބޭނުން ކުރުމަށެވެ. އެގޮތުން އެގައުމުގެ އެމެރިކަން އެއާލައިންސް އާއި ޔުނައިޓެޑް އެއާލައިންސްގެ އިތުރުން ސައުތު ވެސްޓް އެއާލައިންސް އިން 72 ފްލައިޓު ބޭނުންކޮށްގެން ދަތުރުކުރާނެއެވެ.

ބޯއިންގް 737 މެކްސްގެ ފްލައިޓުތަކަށް އެންމެ ފުރަތަމަ އެމެރިކާއިން ހުއްދަ ދީފައިވާ އިރު، ދުނިޔޭގެ 32 ގައުމެއްގެ 59 އެއާލައިނަކުން 387 ފްލައިޓް ގްރައުންޑުކޮށްފައިވެއެވެ.