ބީއެމްއެލްގެ ވެހިކަލް ލޯނު އަދި ފައިނޭންސްގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމައަށް 15 އިންސައްތަ އިންޓަރެސްޓުގައި އުޅަނދު ގަތުމަށް ލޯނު ލިބޭނެ ކަމަށެވެ.
އެގޮތުން އިންޓަރެސްޓް ދަށްވުމާއެކު އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދެ ވެގެންދާނީ އެންމެ ކުޑަ އަދަދަކަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މި ލޯނު ދޫކުރަނީ އެއްވެސް ރަހުނަކާ ނުލައި ކަމަށާއި މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މީގެ ކުރިން ބީއެމްއެލް އިން ވެހިކަލް ލޯނު ދޫކުރަމުން އައީ ބީއެމްއެލްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށް ކަމަށްވީ ނަމަވެސް، މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ލޯނު ނަގާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގަންނަ އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ، ވެހިކަލް ލޯނާއި ފައިނޭންސިން ރޭޓް އިތުރު 12 އިންސައްތަ ދަށް ކޮށްފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ބަދަލާއެކު މި ލޯނުގެ ދަށުން، މާކެޓުގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގުހެޔޮ އަދި ފަސޭހަ ގޮތްތަކަކާއެކު ކަސްޓަމަރުންނަށް ސައިކަލު، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުތައް ގަނެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި