ބޮލީވުޑް

ސާކަސްގެ ޝޫޓިން ފަށައިފި

ރޯހިތު ޝެޓީގެ ފިލްމު ސާކަސްގެ ޝޫޓިން ފަށައިފިއެވެ.

ރަންވީރު ސިންގު، ޕޫޖާ ހެޖް، ވަރުން ޝަރުމާ އަދި މުރްލީ ޝަރުމާ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައި މުމްބާއީގައެވެ. ފިމްލުގައި ޖެކުއިލިން ފެނާންޑީޒްގެ މުހިންމު ބައެއްވެސް ފެނިގެންދާނެ ކަމަށްވެއެވެ.

ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމަން މަސައްކަތް ކުރާއިރު މި ފިލްމުގެ ބައެއް ޝޫޓިންތައް ގޯއާ އަދި އޫޓީގައިވެސް ކުރިއަށްދާނެ ކަމަށް ވެއެވެ. ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރު ފަހުކޮޅެވެ.

މި ފިލްމާއެކު ރޯހިތުގެ އިތުރު ފިލްމަކަށް އަކްޝޭ ކުމާރު ލީޑުން ފެނިގެންދާނެ ފިލްމު "ސޫރްޔަވަންޝީ"ވެސް އަންނަ އަހަރު ރިލީސްކުރާނެއެވެ.