ޑިފެންޑަރުންނަށް އަނިޔާވުމުގެ މައްސަލައަކީ ލިވަޕޫލަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ލިވަޕޫލްގެ ފަހަތަށް އާންމުކޮށް ކުޅޭ ވާޖިލް ވެންޑައިކަށް ބޮޑު އަނިޔާއެއް ވެފައިވާ އިރު، މިވަގުތު ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑްވެސް ހުރީ އަނިޔާގައެވެ.
މި ހަފުތާ އިނގިރޭސި ގައުމީ ޓީމުގެ ތަމްރީނުތަކުގައި ޖޯ ގޮމޭޒަށް އަނިޔާވެ، އޭނާއަށްވެސް ވަނީ ކަކުލުގެ ސާޖަރީއަކަށް ދާން ޖެހިފައެވެ. އެ ހުރިހާ ކަމެއްގެ ތެރެއަށް އިތުރު މާޔޫސްކަމެއް ގެނުވީ ހޭމްސްޓްރިންއަށް އަނިޔާވެ، އެންޑީ ރޮބާޓްސަނަށް ސްކޮޓްލޭންޑް މެޗު ނުކުޅެވޭނެ ކަމުގެ ހަބަރާ އެކުގައެވެ.
އެންމެފަހުން ސްކޮޓްލޭންޑުން ސާބިއާއާ ދެކޮޅަށް ކުޅުނު ތާރީހީ މެޗުގައި ރޮބާޓްސަންގެ ފަލަމަސްގަނޑަށް އަނިޔާވެ، ސްލޮވޭކިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ސްކޮޑުން އޭނާ ވަނީ ބާކީވެފައެވެ. ރޮބާޓްސަންއަކީ ސްކޮޓްލޭންޑްގެ ކެޕްޓަނެވެ.
އެ ރޭގެ މެޗަށްފަހު ރޮބާޓްސަން ބުނީ މެޗުގެ ފަހުކޮޅުގައި އަނިޔާވިކަން އެނގު ކަމަށާއި ޕެނެލްޓީ ޖަހަން ދާން ނުޖެހުމަކީ ނަސީބެއް ކަމަށެވެ. އެ ރޭގެ މެޗުގައި ޕެނެލްޓީ ޖަހައިގެން ސާބިއާ ބަލިކޮށް، ސްކޮޓްލޭންޑުން ވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕަށްފަހު، ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ކޮލިފައިވެފައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ދަނީ ރޮބާޓްސަންގެ ހާލަތު ގާތުން ބަލަމުންނެވެ. އަދި ބެލެވޭ ގޮތުގައި ރޮބާޓްސަން ކުރިއަށް އޮތް މެޗުގެ ސްކޮޑަށް ނަގާފައިނުވަނީ ލިވަޕޫލާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ބެލެވެއެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް