އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯނުތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޑީއެފްސީން ބުނީ، ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނަމުންދިޔަ ލޯނު އެޕްލިކޭޝަންތައް މިހާރު ބަލައިގަންނާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މިއާއެކު ކައުންޓަރުން އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯން އެޕްލިކޭޝަންތައް ބަލައިގަތުން ހުއްޓާލާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެސްޑީއެފްސީގެ ވެބްސައިޓުގައިވާ މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ސަރުކާރުގެ އެހެން ޕޯޓަލްތަކަށް ވެސް ވަނުމަށް ބޭނުންވާ އީފާސް އެކައުންޓެއް ބޭނުންވާނެ އެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ލޯންތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ސްޓޭޓަސް އަޕްޑޭޓުތައް ބެލޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު