ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރަ ކަމަށްވާ އޯތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުޅުވައިފިއެވެ.
މި އައުޓްލެޓް ހުޅުވައިދެއްވީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.
އެކަމަށް ރޭ ބޭއްވި ހަފުލާގައި މިނިސްޓަރު ޔުމްނާގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ފިހާރައިގައި ދިވެހި އަމިއްލަ އުފެއްދުންތަކާއި ސަގާފީ އުފެއްދުންތައް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން އެ ފިހާރަ ހުޅުވުމާއެކު ދިވެހި އަމިއްލަ އުފެއްދުންތައް ވިއްކުމަށް ރަނގަޅު ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށާއި އެތަނުން ދިވެހި އަމިއްލަ އުފެއްދުންތައް ހޯލްސޭލް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެއީ ކުދި ވިޔަފާރިތަކަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށްވެސް ބުންޏެވެ.
މިއީ މިހާތަނަށް ބީސީސީން ހުޅުވި ދެވަނަ އައުޓްލެޓެވެ. ފުރަތަމަ އައުޓްލެޓް ހުޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައެވެ. އެތަނުންވެސް ދިވެހި ސަގާފީ ތަކެތި ލިބެން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު