ކައިވެނި ހަފުލާއަކާ ގުޅިގެން މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަވާ އަރުވަނީ މިއަދު ހަވީރު 5:30 އިން ރޭގަނޑު 8:00 އަށް ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި ބާއްވާ އަމިއްލަ ފަރާތެއްގެ ކައިވެނި ހަފުލާއަކާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި ހަވާ އަރުވަނީ، ކައިވެނި ހަފުލާ ނިންމާލާ ވަގުތުގައެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 8:00 ގައި މާލޭގެ އިއްޒުއްދީން ފާލަމާއި ދިމާ ބޭރުން ކަނޑުގެ ސަރަހައްދުގައި ހަވާ އެރުވުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް، ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށްގެންދާ އިވެންޓެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ހަވާ އެރުވުން ކުރިއަށް ގެންދާނީ ދެ މިނެޓަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު