ދުނިޔެ

10 އަހަރަށްފަހު އިންސްޓަގްރާމް އަށް ބޮޑު ބަދަލެއް

މުހައްމަދު އައުޒަމް

10 އަހަރަށްފަހު އިންސްޓަގްރާމް އަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އިންސްޓަގްރާމުން ވަނީ އެޕްގެ ހޯމް ސްކްރީނަށް ރީލް އާއި ވިޔަފާރިއަށް ހާއްސަ ޝޮޕް ޓެބެއްވެސް އިތުރުކޮށްފައެވެ.

އިންސްޓަގްރާމް އިން ވަނީ ރީލް ޓެބްއިން ކުދި ވޯޑިއޯތައް ރީލްކޮށްގެން ބަލައިލެވޭނެ ގޮތް ހަދައިފައެވެ. ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ދަ ވާޖް އިން ވަނީ އިންސްޓަގްރާމްގެ މި ފީޗާ އަކީ ޓިކްޓޮކް ގައި ވީޑިއޯ ރީލް ކުރުމަށް ބޭނުންކުރާ ފީޗާއާ އެއް ގޮތް ފީޗާއެއް ކަމަށް ފާހަގަކޮށްފައެވެ.

އިންސްޓަގްރާމް އިން ހޯމް ސްކްރީނަށް ގެނައި އަނެއް ބަދަލަކީ ވިޔަފާރިތަކަށް ހާއްސަ ޝޮޕް ޓެބެއް ހިމެނުމެވެ. މިއީ، މިޓެބް މެދުވެރިކޮށް، ބޭނުންވާ ބާވަތެއްގެ ވިޔަފާރިއެއް ކުރުމާއި ބޭނުންވާ ތަކެތި ހޯދުމަށް ފަސޭހަ ވާނެ ގޮތަށް ހަދާފައިވާ ޓެބްއެކެވެ.

އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ އޭނާގެ ބްލޮގް ގައި ބުނެފައި ވަނީ އިންސްޓަގްރާމް އަށް އައިސްފައިވާ ބަދަލާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އެޑަމް ވަނީ އިންސްޓަގްރާމަށް ބޮޑު ބަދަލެއް ނާންނަތާ ގިނަދުވަސްތަކެއް ވެފައިވާ ކަމަށާއި މިހާރު މީހުންގެ ބޭނުންތަކާއި ސަގާފަތަށްވެސް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ބުނެފައެވެ.