ބޮލީވުޑްގެ މަގުބޫލު ތަރި ޓައިގާ ޝްރޮފް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

އެކަން އޭނާ އާންމުކުރީ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައެވެ.

https://www.instagram.com/accounts/login/

ޓީއެމްއޭގެ ބޯޓު ކައިރީ ޓީޝާޓު ބާލައިގެން ނަގާފައިވާ ފޮޓޯއަކާއެކު ޓައިގާ ބުނެފައިވަނީ އެއީ ކުރިއަށް އޮތް ދުވަސްތަކަށް އޭނާގެ ޑްރެސްކޯޑު ކަމަށެވެ. ލޮކްޑައުންގައި އެކީހެން ގޭގައި ހޭދަކުރުމަށްފަހު ރާއްޖެއަށް އާދެވެމުން ޓައިގާ އުފާވެފައި ވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިންވެސް އޭނާ ވަނީ ލޯބިވެރިޔާ ދިޝާ ޕަޓަނީއާއެކު ރާއްޖެ އައިސްފައެވެ.

ހަބަރުތައް ބުނާގޮތުގައި ޓައިގާއާ އެކު އޭނާގެ އާއިލާވެސް މި ހަފުތާ ބަންދުގައި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާނެއެވެ. ނަމަވެސް ޓައިގާގެ ބައްޕަ މަގުބޫލު ބަތަލު ޖެކީ ޝްރޮފް އަންނަކަމެއް އަދި ޔަގީންވެފައެއް ނުވެއެވެ.

އިންޑިއާގައި މިދުވަސްކޮޅު ދިވާލީ ބަންދު ކުރިއަށް ދާއިރު ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އެބަ އާދެއެވެ.

ޓައިގާގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި އެކްޝަން ފިލްމު "ގަނަޕަތް"، "ހީރޯޕަންތީ" އަދި "ބާގީ" ވެސް ހިމެނެއެވެ.

މީގެ އިތުރުން ފިލްމު "ރާމްބޯ"ގެ ރީމޭކުގައިވެސް ޓައިގާ ފެނިގެންދާނެކަމުގެ އަޑުތައް ވަނީ އަރާފައެވެ.