ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުން އައި އެއް މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ބިލިއާޑް ހައުސް ހުޅުވައިދެއްވުމަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ހިންގުމުގެ ދާއިރާގައި ޒުވާނުންގެ ދައުރު އިތުރުކުރަން ވިސްނަން ޖެހިފައިވާ ކަމަށާއި ސަރުކާރަށް ދެ އަހަރުވާ އިރު، އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުން އަންނަނީ ގާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ކަމަށެވެ. ޒުވާނުންނަކީ މަސައްކަތްތެރި، އެފެއްދުންތެރި އަދި ގައުމަށް ފައިދާ ހުރި ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ޔޫތު މިނިސްޓްރީން އަދާކުރަމުން އަންނަ އިސް ދައުރު ފާހަގަކުރައްވައި، އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ހުޅުމާލެ ބިލިއާޑު ހައުސް ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު ނައިބު ރައީސް ވަނީ ރާއްޖޭގެ އެއްވަނަ އަންހެން ބިލިއާޑް ކުޅުންތެރިޔާ ކަމަށްވާ އައިމިނަތު ފާތީއާއެކު ބިލިއާޑް މެޗެއް ކުޅުއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އަދި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް