ރަޝިއާގެ ރައީސް ވްލަޑިމިއޭ ޕޫޓިންގެ ހާލުކޮޅު ރަނގަޅު ކަމަށާއިި އިސްތިއުފާ ދެއްވަން ނޫޅުއްވާކަމަށް ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ރައީސްގެ ގެކޮޅު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ އިނގިރޭސި މީޑިއާތަކުން ޕޫޓިން އާމެދު ކުރަމުންދާ ތުހުމަތުތައް ދޮގު ކޮށްފައެވެ.
ޔޫކޭގެ ދަ ސަން އިން ފުރަތަމަ ނެރެފައިވާ ސްޓޭޓްމްންޓްގައި، ރަޝިޔާގެ ރައީސް ވްލަޑިމިއޭ ޕޫޓިންގެ ހާލުކޮޅު ގޯސްވެ އަންނަ އަހަރު އިސްތިއުފާ ދެއްވުމަށް ނިންމާފައިވާކަމަށް އެގައުމުގެ މަސްދަރަކާ ހަވާލާދީ ވަނީ ރިޕޯޓް ކޮށްފައެވެ. އެ ނޫހުގައި ވަނީ ޕޫޓިން އަށް ތުރުތުރުއަޅާ ބަލިޖެހިފައިވާ ކަމަށް ވެސް ރިޕޯޓް ކޮށްފައެވެ.
ދަ ސަން އިން ވަނީ ޕޫޓިންގެ ބަލި ހާލަތު ފެންނަކަމަށް ބުނާ ވީޑިއޯއެއް ދިރާސާކޮށް ފެނިފައިވާ މަންޒަރުތަކުން ޕޫޓިންގެ ހާލަތު ރަނގަޅު ނޫން ކަމަށް ވެސް ރިޕޯޓު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ