މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ 28 ކެންޑިޑޭޓަކު ނަން ހުށަހަޅާފައިވާ ކަމަށެވެ. އެއީ މީޑިއާތަކުން 14 ކެންޑިޑޭޓަކާއި އާންމުންގެ ތެރެއިން 14 ކެންޑިޑޭޓެކެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުންގެ މައްޗަށެވެ.
މީޑިއާ ކައުންސިލުގައި މިހާރު ތިއްބަވާ މެންބަރުންގެ ތެރެއިން މީޑިއާގެ މެންބަރަކާއި އާންމުންގެ ތެރެއިން އިންތިހާބުވެފައިވާ މެންބަރެއްގެ ދައުރު ހަމަނުވާތީ، އަންނަ މަހު ބާއްވާ އިންތިހާބުގައި ހޮވަން ޖެހޭނީ މީޑިއާގެ ހަތް މެންބަރަކާއި އާންމުންގެ ހަ މެންބަރެކެވެ.
- އަލީ ހުސައިން/ ޕަބްލިކް ސާވިސް މީޑިއާ
- މުއިއްޒު އިބްރާހީމް/ މިހާރު އޮންލައިން
- އާދަމް ނަވާޒު/ ވަގުތު އޮންލައިން
- ހަސަން ޝާކިރު މުހައްމަދު/ މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަން
- އާދަމް ނަޒީރު/ ހަތާވީސް އޮންލައިން
- އާއިޝަތު ހަމްޒާ/ އައުޓްރީޗް އެމްވީ
- ޝަހުބާން ފަހުމީ/ ސަންގު
- މުހައްމަދު ސިމާއު/ ވަން އޮންލައިން
- ސައިފް އަޒްހަރު/ ވީ ޓީވީ
- ފާތިމަތު ސައީދު/ ސަން މީޑިއާ ގްރޫޕް
- ފާތިމަތު ސާޔާ އަހުމަދު/ ޗެނަލް ނިއުސް މޯލްޑިވްސް
- މަރްޔަމް ނިމާ ހަސަން/ ދަ ޕްރެސް
- ތަހާރަތު މުހައްމަދު ވަހީދު/ ހަމަނިއުސް
- ހުސައިން ސަގީފް/ ތިލަދުން
- މުހައްމަދު ޝާފިއު، ޝަރުޠު، ބ. ތުޅާދޫ
- އަންވަރު އިބްރާހީމް، މަންޒިލް، ބ. ތުޅާދޫ
- އިބްރާހީމް ފައުޒީ، ބާޑްވިލާ، ބ. ތުޅާދޫ
- އަހުމަދު ރިފާއު، ޝަރުޠު، ބ. ތުޅާދޫ
- ޝަފާއަތު ހަބީބު، ފޭދޫ، ގދ. ހޯނޑެއްދޫ
- މުހައްމަދު ޝަފާއު ހަސަން، މ. ރިވެލިގެ، މާލެ
- އަހުމަދު ވަހީދު އަލީ، ވެހި، ހއ. ކެލާ
- އަހުމަދު މުހައްމަދު ، ދަފްތަރު ނަންބަރު 6150
- އުމަރު މޫސާ ފިކުރީ، ގ. ނިލަންދޫ، މާލެ
- ސައުދޫން އަބޫބަކުރު، ގ. ދިލްފިޒާގެ، މާލެ
- އަބްދުލް ވަލިއްޔު އަލީ، ބިންގާ، އދ. މާމިގިލި
- ފާތިމަތު އަހުމަދު، ޝަހީމީ މަންޒިލް، ގއ. ވިލިނގިލި
- އަހުމަދު މޫސާ، ހ. އަމްސާވިލާ، މާލެ
- އަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ. ކުޑަހުވަދޫ
ޚަބަރު
ޚަބަރު
ޚަބަރު