އެމަނިކުފާނު ވެވަޑައިގަންނަވާނީ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އިންތިހާބު ކާއިޔާބު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޖޯ ބައިޑަން ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ލީޑަރެއްގެ ގޮތުގައި އިންތިހާބު ކޮށްދެއްވީތީ ފަހުރުވެރިވެވަޑައިގަންނަވާކަމަށެވެ.

ޖޯ ބައިޑަން ވިދާޅުވީ ކުރިޔަށް އޮތީ އުނދަގޫ ބޮޑު ދުވަސްތަކެއް ކަމަށާއި އެމަނިކުފާނު ވެގެންދާނީ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސް ކަމަށެވެ. ވޯޓު ދިން މީހުންނާއި ނުދޭ މީހުން ތަފާތު ނުކުރައްވާނެ ކަމަށްވެސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ބަލިކުރައްވައި ބައިޑަން ވަނީ ވާދަވެރި އިންތިހާބެއް ކާމިޔާބުކުރައްވައިފައެވެ. އެމެރިކާގެ 46 ވަނަ ރައީސް ކަމަށް ޖޯ ބައިޑެން އަދި ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހުވާކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.