އެމެރިކާގެ ތާރީހުގައި އެންމެ ފުރަތަމަ އަންހެން ނައިބު ރައީސްގެ މަގާމަށް ކަމަލާ ހެރިސް އިންތިހާބު ވެވަޑައިގެންފިއެވެ.
އުމުރުފުޅުން 56 އަހަރުގެ ކަމަލާ ހެރިސް އެމެރިކާގެ ނައިބު ރައީސް ކަމަށް އިންތިހާބު ވެފައިވާއިރު އެކަމަނާ ވެފައިވަނީ އެމެރިކާގެ ދިގު ތާރީހު ބަދަލު ކޮށްލި ޝަހުސިއްޔަތަކަށެވެ.
ކަމަލާ ހެރިސް އަކީ އެމެރިކާގެ ފުރަތަމަ އިންޑިއަން އެމެރިކަން އަދި ފުރަތަމަ އޭޝިއަން އެމެރިކަން ނައިބު ރައީސް އެވެ. ކަމަލާގެ މަންމާފުޅަކީ އިންޑިއާ މީހެކެވެ. އަދި ބައްޕާފުޅަކީ ޖެމެއިކާ ބޭފުޅެކެވެ.
2003 ވަނަ އަހަރު ކަމަލާ ހެރިސް ގައުމަށް ހިދުމަތް ކުރައްވަން ފައްޓަވާފައިވަނީ ސެންފްރެންސިސްކޯ ޑިސްޓްރިކްޓްގެ އެޓާނީ މަގާމުގައެވެ. މިއީ ކަޅުނަސްލުގެ މީހަކަށް އެމަގާމު ލިބިވަޑައިގަތް ވެސް ފުރަތަމަ ފަހަރެވެ. ކަމަލާ ހެރިސް ވަނީ 2010 ވަނަ އަހަރު ކެލިފޯނިއާގެ އެޓާނީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ. އިންތިހާބުގައި ބައިޑަންގެ ރަނިންގް މޭޓަކަށް ވުމުގެ ކުރިން ކަމަލާ ހެރިސް ހުންނެވީ ކެލިފޯނިއާގެ ސެނެޓާގެ މަގާމުގައެވެ.
އެމެރިކާގެ 46 ވަނަ ރައީސް ކަމަށް ޖޯ ބައިޑެން އަދި ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހުވާކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ