ނެނޯޓައިރޭނަސް ބާވަތުގެ ޑައިނަސޯއެއްގެ ކަށިގަނޑެއް ނިއު ޔޯކްގައި ބޭއްވި ނީލަމެއްގައި 47.3 މިލިއަން ޑޮލަރަށް އިއްޔެ ވިއްކާލައިފިއެވެ.
ނީލަން އިންތިޒާމުކުރި ސަދަބީސްއިން ބުނި ގޮތުގައި، ”ޖޯޑީ“ ގެ ނަމުން ނަންދީފައިވާ މި ކަށިގަނޑު ވިކިފައިވަނީ އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ހަ ފަރާތެއްގެ ދެމެދުގައި 12 ވަރަކަށް މިނެޓު ވާންދެން ކުރިއަށްދިޔަ ވާދަވެރި ނީލަމަކަށް ފަހުގައެވެ. އެ ކުންފުނިން ކުރިން ލަފާކޮށްފައިވަނީ މި ކަށިގަނޑު ވިކޭނީ ހަ މިލިއަން ޑޮލަރާއި ނުވަ މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށެވެ.
ސަދަބީސްއިން ބުނީ، އެހެން ފަސް ފަރާތެއްގެ މައްޗަށް ކުރިހޯދައިގެން މި ކަށިގަނޑު ގަތް ފަރާތުން މިވަގުތަށް އަމިއްލަ ވަނަވަރު ސިއްރުކުރަން އިހުތިޔާރުކޮށްފައިވާތީ، އެ ފަރާތުގެ މައުލޫމާތު ހާމަކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން، މި ކަށިގަނޑު ނީލަމަށް ހުށަހަޅައި ވިއްކާލި ފަރާތުގެ އެއްވެސް މައުލޫމާތެއް ސަދަބީސްގެ ރަސްމީ ރެކޯޑުތަކުންނާއި ނީލަމާ ގުޅޭ މައުލޫމާތުތަކުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ސަދަބީސްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ޓައިރެނޮސޯރަސް ރެކްސް އާއިލާއަށް ނިސްބަތްވާ މި ޑައިނަސޯގެ ކަށިގަނޑަކީ މީގެ ގާތްގަނޑަކަށް 67 މިލިއަން އަހަރު ކުރީގެ ފޮސިލެކެވެ. އުސްމިނުގައި ގާތްގަނޑަކަށް 9 ފޫޓު 6 އިންޗި އަދި ދިގުމިނުގައި 19.6 ފޫޓު ހުންނަ މި ކަށިގަނޑު ފެނިފައިވަނީ 2019 ވަނަ އަހަރު އެމެރިކާގެ މޮންޓާނާގެ ގާފީލްޑް ކައުންޓީގައި އޮންނަ ޖޯޑީ ޕިއަސަން ނަމަކަށް ކިޔާ މީހެއްގެ އަމިއްލަ ބިމަކުންނެވެ.
ސައިންސް
ސައިންސް
ސައިންސް
ސައިންސް
ކޮމެންޓް