ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޯބައިލް ފޯނުގެ ވިޔަފާރި ކުރަމުން އަންނަ ޑްރީމްސް މޮބައިލްގެ ނަން "ޑްރީމްސް"އަށް ރީބްރޭންޑް ކޮށް، އާ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.
"ޑްރީމްސް"ގެ އާ އައުޓްލެޓް ހުޅުވައިދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއެވެ.
މަޖީދީމަގާއި މާވެޔޮމަގާއި ގުޅޭ ކަންމަތީގައި ހުންނަ މި ފިހާރައިންވެސް ޑްރީމްސްގެ އެހެން އައުޓްލެޓްތަކުން ލިބޭ ހުރިހާ ސާމާނުތައް ލިބެން ހުންނާނެއެވެ. އެގޮތުން މޯބައިލް ފޯނާއި، ފޯނު ކަވަރާއި މޯބައިލް ފޯނާ ގުޅުން ހުރި ބައެއް ސްޕެއާސް އެފިހާރައިން ލިބޭނެއެވެ.
އެ ފިހާރަ ހުޅުވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ކޮވިޑްގެ މި ދަތި ހާލަތުގައިވެސް ފެންނަނީ ވިޔަފާރިވެރިން ކުރީ ސަފަށް ނުކުމެވަޑައިގެން، ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދިވެހި ވިޔަފާރިވެރިން ހުއްޓުމެއް ނެތި އިކޮނޮމިކް ރިކަވަރީއަކަށް ދިއުމަށް ފަސް ޖެހުމެއް ނެތި މަސައްކަތްކުރާ މަންޒަރު." މިނިސްޓަރު މަލީހު ވިދާޅުވިއެވެ.
ޑްރީމްސްގެ އޯނަރު އިބްރާހިމް ހުސައިން ވިދާޅުވީ ޑްރީމްސްގެ އާ ޝޯރޫމެއް ހުޅުވީ، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކޮށްލެވޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ތަފާތު ޝޯރޫމެއް ދައްކައިލުމުގެ ބޭނުމުގައި މިކަން މިކުރީ. ކަސްޓަމަރުންނަށް ފަސޭހައިން ޝޮޕިން ކުރެވޭ ގޮތަށް މިތަނުގެ ޑިޒައިން ފަރުމާކުރެވިފައި ވާނީ. ކަސްޓަމާ އެޓްރެކްޝަން ލިބޭ ގޮތަށް" އިބްރާހިމް ވިދާޅުވިއެވެ.
ޑްރީމްސް އިން ވަނީ ރޭ ހުޅުވި ޝޯ ރޫމާއެކު މުޅިން އާ ވެބްސައިޓެއް ވެސް ލޯންޗު ކޮށްފައެވެ. އެ ވެބްސައިޓް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅަކުންވެސް ޑްރީމްސް އިން ވިއްކާ ތަކެތި ގަނެވޭނެވެ.
"ސީދާ ޑޯ ސްޓެޕަށް އަޅުގަނޑުމެން ޑެލިވާކޮށްދޭނެ. ހުރިހާ ޕްރޮޑަކްޓެއް ހުންނާނީ އިންޝުއަރެންސް ވެސް ކޮށްފަ. އެހެންކަމުން ކަސްޓަމަރުން އެއްވެސް ވަރަކަށް ހާސްވާކަށް ނުޖެހޭނެ" އިބްރާހިމް ވިދާޅުވިއެވެ.
ޑްރީމްސްއަކީ ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓައި، ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް ހިދުމަތްދޭން އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް އެ ކުންފުނީން ބުނެއެވެ. އެގޮތުން "ޑްރީމްސް މޮބައިލް" އިން ވަނީ އެންމެ ފަހުން ނެރުނު އައިފޯން-12 އާއި އައިފޯން-12 ޕްރޯވެސް ވިއްކަން ފަށައިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި