ގިނަ ދުވަސްތަކަކަށް ފަހު ރަށު ފަތުރުވެރިކަމަށް ތުލުސްދޫ ހުޅުވާލައިފިއެވެ.
ކޮވިޑް 19އާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކޮށްފައި ބޭއްވުމަށްފަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު ރަށު ފަތުރުވެރިކަން ކުރާ ގިނަ ރަށްރަށުގެ ގެސްޓްހައުސްތައް ވަނީ ހުޅުވާލައިފައެވެ.
ތުލުސްދޫގެ ހަ ގެސްޓްހައުސެއް ހުޅުވުމުގެ ހުއްދަ ދީފައިވާ އިރު، މިހާތަނަށް ފަތުރުވެރިން އައީ ދެ ގެސްޓްހައުސަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތުލުސްދޫގެ ގެސްޓްހައުސްތައް ހުޅުވާލިފަހުން އެރަށަށް ފުރަތަމަ ފަތުރުވެރިޔާ އައުން ފާހަގަކުރުމަށް މިއަދު ބޭއްވި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އެ ޓުވީޓުގައި މިނިސްޓަރު ވަނީ ތުލުސްދޫގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކާއި އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ގެސްޓްހައުސް ގައިޑްލައިނުގައިވާ ކަންކަން ފުރިހަމަވާ ނަމައެވެ. އަދި އެރަށެއްގެ ގެސްޓްހައުސް ހުޅުވޭނީ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތްނަމައެވެ. އަދި ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި އާންމުންނާއި ފަތުރުވެރިން މާސްކު އެޅުން މަޖުބޫރުވާނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު 69 ގެސްޓްހައުސްއަކަށް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ.
- ނ. ފޮއްދޫ
- ކ. ހުރާ
- ވ. ފުލިދޫ
- ވ. ތިނަދޫ
- އއ. މަތިވެރި
- ކ. މާފުށި
- އއ. ތޮއްޑޫ
- އއ. އުކުޅަސް
- ކ. ގުރައިދޫ
- ކ. ހިންމަފުށި
- އއ. ރަސްދޫ
- އައްޑޫ ސިޓީ ފޭދޫ
- އައްޑޫ ސިޓީ މަރަދޫފޭދޫ
- ކ. ތުލުސްދޫ
- ފުވައްމުލައް ސިޓީ
- ކ. ގުޅި
ޚަބަރު
ޚަބަރު
ޚަބަރު