ކޮވިޑް-19 ޖެހިގެން މަރުވި މީހަކު އެމެރިކާގެ ސްޓޭޓް ހައުސް އަށް އިންތިހާބު ވެއްޖެއެވެ.

އެމެރިކާގެ ނޯތު ޑެކޮޓާގެ ގޮނޑިއަށް ކުރިމަތިލި ޑޭވިޑް އަންޑަލް ކޮވިޑް ޖެހިގެން މަރުވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާއާއެކު އެ ގޮނޑިއަށް ހަތަރު ކެނޑިޑޭޓުން ވާދަކުރި އިރު އެ ގޮނޑި ޑޭވިޑް ކާމިޔާބު ކުރީ ވޯޓުލީ މީހުންގެ 35.53 ޕަސެންޓް ވޯޓާއެކު އެވެ.

މަރުވެފައިވާ މީހަކު އިންތިހާބުގައި ވާދަކޮށް ހޮވުމާއެކު ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދަމުން އަންނައިރު ނޯތު ޑެކޮޓާގެ އެޓާނީ ޖެނެރަލް ވިދާޅުވީ، އެފަދަ ހާލަތެއްގައި އިންތިހާބު ވެފައިވާ ޕާޓީގެ ފަރާތުން އެހެން މީހަކު އެ މަގާމަށް އައްޔަން ކުރެވިދާނެ ކަމަށެވެ.

ޑޭވިޑަކީ ރައީސް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓެކެވެ.