ސައިފް އަލީ ޚާން ލީޑުން ފެނިގެންދާ ފިލްމު ބޫތު ޕޮލިސްގެ ޝޫޓިން ފަށައިފިއެވެ.
މަޖާ، ބިރުވެރި މި ފިލްމުގައި ސައިފްގެ އިތުރުން އަރްޖުން ކަޕޫރު، ޖެކުއިލިން ފެނާންޑިޒް އަދި ޔަމީ ގޯތަމްވެސް މުހިންމު ރޯލުން ފެނިގެންދާނެއެވެ.
ޕަވަން ކިރްޕަލާނީ ޑައިރެކްޓް ކުރާ މި ފިލްމާގުޅިގެން މީޑިއާތަކަށް ދިން އިންޓަވިއުގައި ޕަވަން ބުނީ ފިލްމަކީ "ސްޕީކޯ އެޑްވެންޗާ ކޮމެޑީ"އެއް ކަމަށެވެ.
"މި ފިލްމު ހެދުމަށް އަހަރުމެން މިތިބީ ވަރަށް އެކްސައިޓްބެފަ. ސައިފް އަދި އަރްޖުން ޓީމާ ގުޅިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ކްރޭޒީ އެންޓަޓެއިނާ އަށް އެ ދެތަރިންނަކީ އެންމެ ޕާފެކްޓް ފިޓް" ޕަވަން ބުންޏެވެ.
ބޫތު ޕޮލިސް ރިލީސްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރު އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް