ތިން ގައުއުމެއްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުތަކުގެ ހާރިޖީ ވަޒީރުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަހުނިޔާގެ މެސެޖު ފޮނުއްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު ތަހުނިޔާ ފޮނުއްވި ގައުމުތަކަކީ ޕެނަމާ، މައިކްރޯނީޝިއާ އަދި ޑޮމިނިކާއެވެ.

މި ތިން ގައުމުގެ ހާރިޖީ ވަޒީރުންނަށް މިނިސްޓަރު ޝާހިދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެގައުމުތަކުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި އެގައުމުތަކުގެ ރައްޔިތުންނާ ސަރުކާރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ޕެނަމާއާ ސިޔާސީ ގުޅުން ގާއިމުކުރީ 10 ޖުލައި 1989 ގައެވެ. އަދި މައިކްރޯނީޝިއާއާ ގުޅުން ގާއިމުކޮށްފައިވަނީ 24 އޮކްޓޯބަރ 1991 ގައެވެ. އަދި ޑޮމިނިކާ އާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 21 ޖުލައި 2004 ގައެވެ.