ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތާބެހޭ ކަންކަމާއި ކައުންޓާ ޓެރަރިޒަމާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިއްމު ދައުރުގެ ސަބަބުން ހާރިޖީ އަދި ދިފާއީ ދާއިރާ ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑިފެންސް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ، ޓެރަރިޒަމް ހުއްޓުވުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.