މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން އައީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ 1:30ގެ ފަހުން ހަބަރެއް ނުވެގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓްކުރީ އެރޭ 10:45 ގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޝިރުމީނާ ގެއްލިގެން ފުލުހުން ރޭ ވަނީ އޭނާގެ ފޮޓޯއަކާ އެކު އާންމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް