އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގު ޒިންމާދާރު ކަމާއެކު ކުރުމަށް ބިހާރުގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރު އަންގަވައިފިއެވެ.
ޓައިމްސް ނައު އަށް ދެއްވި އިންޓަވިއުއެއްގައި ފުރަތަމަ ފަހަރަށް ސުޝާންތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނިތީޝް ވިދާޅުވީ ސީބީއައި އިން އެ ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި ތަހުގީގު ނިންމުމަކީ އެމީހުންގެ ޒިންމާއެއް ކަމަށެވެ. ސުޝާންތުގެ ބައްޕަ ވެސް ވަނީ ޗީފް މިނިސްޓަރާ ބައްދަލު ކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ބިހާރަށް އުފަން ޝުޝާންތު މަރުވެފައި އޮއްވައި ފެނިފައިވަނީ މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އެކަމާ ގުޅިގެން ސުޝާންތުގެ ބައްޕަ ވަނީ ސުޝާންތުގެ ރަހުމަތްތެރިއަކާއި ލޯބިވެރިޔާ އަދި ބަތަލާ ރިއާ ޗަކަރަބޮޓީއާ ގުޅޭގޮތުން ޕަޓްނާއަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގައި ރިއާ ސުޝާންތަށް ބޭވަފާތެރިވި ކަމަށާއި ފައިސާއާ ގުޅިގެން އޮޅުވައިލުންތަކެއް އޮޅުވާލާފައި ވާކަމަށް ވަނީ ބުނެފައެވެ.
ބޮމްބޭ ހައި ކޯޓުގައި މިދިޔަ ބުދަ ދުވަހު އޮތް އަޑުއެހުމުގައި ސީބީއައިގެ ފަރާތުން ވަނީ ފޭކް ބޭސް ސިޓީ ގެންގުޅުނުކަމަށް ދެކެވޭ ވާހަކަތައް ހަގީގަތާ ހިލާފުކަމަށް ބުނެފައެވެ. މިއީ ސުޝާންތުގެ ދައްތަ ރިއާ އަށް ކުރާ ތުހުމަތެކެވެ.
އެތުހުމަތުގައި ސުޝާންތު މަރުވުމުގެ ކުރިން ޖޫންގައި ފޭކް ބޭސް ސިޓީ ބޭނުން ކޮށްގެން ބޭސްތަކެއް ދީފައިވާ ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.
ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ(އެންސީބީ) އިން ތަހުގީގު ކުރި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރިއާ ވަނީ ސެޕްޓެމްބަރުގައި ހައްޔަރުވެސް ކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލީ އެއްލައްކަ ރުޕީސް ޕާސަނަލް ބޮންޑުގެ ގޮތުގައި ދައްކަން ޖެހޭ ގޮތަށެވެ.
ނަމަވެސް ބޮމްބޭގެ ހައިކޯޓުން ރިއާ ކަފާލާތުގެ ދަށުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ހުއްދައާއި ނުލައި މުމްބާއީ އިން ބޭރަށްވެސް ނުދެވޭ ގޮތަށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ހެނދުނު 10 ޖަހާއިރު ރިއާ ފުލުހަށްވެސް ހާޒިރުވާން ޖެހެއެވެ. ރިއާ ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، ރިއާ ހައްޔަރުކުރި މައްސަލައާ ގުޅުން ހުރި އެއްވެސް ބަޔަކާ ބައްދަލުކުރުންވެސް ވަނީ މަނާ ކޮށްފައެވެ.
ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލަން ކޯޓުން ނިންމި ނަމަވެސް، ހަމަ އެމައްސަލައާ ގުޅިގެން ހައްޔަރުކުރި ރިއާގެ ބޭބެ ޝޯހިކް ޗަކަރަބޮޓީ ދޫނުކުރަން ކޯޓުން ވަނީ ނިންމައިފަ އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް