ޝާހުރުކް ޚާންގެ ޕްރޮޑަކްޝަނެއް ކަމަށްވާ "ލަވް ހޮސްޓެލް" ކުޅުމަށް ބަތަލު ބޮބީ ޑެއޯލު ސޮއި ކޮށްފައިވާއިރު އެ ފިލްމުގައި އޭނާ ފެނިގެންދާނީ ނެގަޓިވް ރޯލަކުން ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.
ވިކްރާންތު މަސީ އަދި ސަންޔާ މަލޯތުރާ ލީޑްރޯލުން ފެނިގެންދާ އެ ފިލްމު އިއުލާނުކޮށްފައިވަނީ ދާދި ފަހުންނެވެ. ނޯތު އިންޑިއާގައި ފިލްމު ޝޫޓް ކުރުމަށް ހަމަޖައްސާފައިވާއިރު މި ފިލްމަކީ ފިލައިގެން އުޅޭ ދެ ލޯބިވެރިއެއްގެ ވާހަކައިގެ މައްޗަށް އުދައްފާ ފިލްމެކެވެ.
މީގެ ކުރިން ރޭސް ތިނެއްގައިވެސް ބޮބީ ވަނީ ނެގެޓިވްރޯލުން ފެނިގެން ގޮސްފައެވެ.
ދާދިފަހުން "އާޝްރަމް" ކިޔާ ވެބް ސީރީޒަކުންވެސް ބޮބީ ވަނީ ފެނިގެންގޮސްފައެވެ. އެ ސީރީޒްގައި އޭނާގެ ރޯލަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް