މަގުބޫލު ފިލްމު ޖޭމްސް ބޮންޑުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ސްކޮޓިޝް އެކްޓަރު ޝޯން ކޮނަރީ މަރުވެއްޖެއެެވެ.
އުމުރުން 90 އަހަރުގެ ޝޯން މަރުވީ ނިދާފައި އޮއްވައި ކަމަށް އާއިލާގެ ފަރާތުން އޭނާގެ ދަރިފުޅު ވަނީ މައުލޫމާތުދީފައެވެ. ޝޯން ބަލިވެ އުޅޭތާ ކުޑަދުވަސްކޮޅެއް ވެފައިވާ ކަމަށާއި މަރުވި އިރު ހުރީ ބަހާމާސްގައި ކަމަށް ދަރިފުޅު ބުންޏެވެ.
1988ގައި ޝޯން އަށް ވަނީ ފިލްމު "ދަ އަންޓަޗަބަލްސް" އިން އޮސްކާ އެވޯޑް ވެސް ލިބިފައެވެ. ބަި ގަރުނު ވަންދެން އެކްޓުކޮށްފައިވާ ޝޯން އެންމެ ބޮޑަށް ވިދާލީ ޖޭމްސް ބޮންޑު ފިލްމުގައި ދައްކައިދިން މޮޅު އެކްޓިންއިންނެވެ. އޭގެ އިތުރުންވެސް އޭނާ ވަނީ އިތުރު ހަތް ސްޕައި ތުރިލާ ވެސް ކުޅެފައެވެ.
ޝޯންގެ މަގުބޫލު އެހެން ފިލްމުތަކުގެ ތެރޭގައި "ދަ ހަންޓް ފޯ ރެޑް އޮކްޓޯބަރު"، "ހައިލަންޑާ"، "އިންޑިއާނާ ޖޯންސް"، އަދި "ލާސްޓް ކްރުސޭޑް" އާއި "ދަ ރޮކް" ހިމެނެއެވެ.
މަރުވިއިރު، ޝޯންގެ އަންބަކާއި ދެ ފިރިހެންދަރިން ދުނިޔޭގައި އެބަތިބިއެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް