ކާރެއް ކޮންޓްރޯލް ނުވެގޮސް މަސްޖިދުލް ހަރާމްގެ ދޮރަށް މުޑި އަރައިފިއެވެ.
ބާރު ސްޕީޑެއްގައި ދިޔަ އެކާރު މަސްޖިދުލް ހަރާމްގެ ދޮރަށް މުޑިއަރާފައި ވަނީ އެސަރަހައްދުގައި ޖަހާފައި ހުރި ބެރިކޭޑްތައްވެސް ފޫއަޅުވާލައިފައެވެ.
ސައުދީގެ ނޫސްތަކުން ވަނީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ރިޕޯޓު ކޮށްފައެވެ.
މިހާދިސާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު ވީޑިއޯއިން ފެންނަ ގޮތުން ކާރު ބާރުސްޕީޑެއްގައި ގޮސް މިސްކިތުގައި ބަހައްޓާފައި ހުރި ބެރިކޭޑުތައް ފޫއަޅުވާލާފައިގޮސް ދޮރަށް މުޑިއަރައެވެ. އަދި އެވަގުތު އެސަރަހައްދުގައި ތިބި މީހުން ކާރު ފަހަތަށް ޖެއްސުމަށް ކޮށްޕާ މަންޒަރުވެސް ފެނެއެވެ.
ސައުދީ ފުލުހުން އެ ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ. ހައްޔަރު ކޮށްފައިވަނީ އެގައުމުގެ ރައްޔިތެއްކަ މަށްވެސް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ