ސްވިޑިޝް ގްރީކް އެކްޓަރު އެލީ އަވްރާމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި އެލީ ވަނީ އާންމުކޮށްފައެވެ. ކަޑިންމަ ރިސޯޓުގެ ވޯޓާ ވިލާގެ ޖަކޫޒީގައި ނަގާފައިވާ ފޮޓޯ ހިއްސާކުރަމުން އެލީ ބުނެފައިވާގޮތުގައި އޭނާ ވިހާފައިވަނީވެސް ޖަކޫޒީއަކަށްކަމަށެވެ.
ބޮލީވުޑްގައި އެލީ ފެނިގެންގޮސްފައިވަނީ މޯހިތު ސޫރީގެ ފިލްމު މަލަންގްއިންނެވެ. މީގެ އިތުރުން އޭނާ ވަނީ ތަމަޅަ ފިލްމު "ޕެރިސް ޕެރިސް" އަދި ކަންނާޑާ ފިލްމު 'ބަޓާފްލައި" އިންވެސް ފެނިގެންގޮސްފައެވެ.
އެލީ ވަނީ ވަރަށް އަވަހަށް ސްވިޑިޝް ކުރު ފިލްމަކުން ފެނިގެންދާނެކަން އިއުލާނުކޮށްފައެވެ. އެ ފިލްމަށް ކިޔާ ނަަމަކީ "ވިތު ޔޫ" އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް