ބަތަލާ ތާޕްސީ ޕަންނުގެ ފިލްމު ހަސީން ދިލްރުބާގެ ޝޫޓިން ނިންމާލައިފިއެވެ.
އިންޑިއާގެ ހަރިދްވާރާއި މުމްބާއީގައި ޝޫޓްކުރި މި ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު ތާޕްސީ ވަނީ އެކަން އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
ވިކްރާންތު މަސީ އަދި ހަރްޝްވަރްދަން ރާނޭ މުހިންމު ރޯލުން ފެނިގެންދާ މި ފިލްމަކީ ލޯބީގެ ތުރިލާއެކެވެ. ފިލްމު ޑައިރެކްޓްކުރަނީ ކަރަން ޖޯހަރުގެ މަގުބޫލު ފިލްމެއް ކަމުގައިވާ ހަސީތޯ ޕަސީ ޑައިރެކްޓްކޮށްފައިވާ ވިނިލް މެތިއުއެވެ. ކުރިން މި ފިލްމު ރިލީސްކުރަން ހަމަޖައްސާފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރުގައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ފިލްމު ރިލީސްކުރާ ތާރީހު ވަނީ ފަސްކޮށްފައެވެ.
މި ފިލްމުގެ އިތުރުން ތާޕްސީގެ އިތުރު ތިން ފިލްމެއް ކުރިއަށް އެބަ އޮތެވެ. އެއީ "ލޫޕް ލަޕޭޓާ"، "ޝަބާޝް މިތޫ" އަދި "ރަޝްމީ ރޮކެޓް" އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް