ލަންކާގައި ޑްރައިވް ތުރޫ ޕީސީއާރް ޓެސްޓިންގް ފެސިލިޓީއެއް ގާއިމްކޮށްފިއެވެ.
ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ގާއިމްކޮށްފައިވާ މިފެސިލިޓީ މެދުވެރިކޮށް ޓެސްޓު ހެދުމަށް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެދުމަށްފަހު ވެހިކަލްގައި ގޮސް ޓެސްޓު ހަދައިލެވޭނެއެވެ.
ޑްރައިވް ތުރޫ ޓެސްޓު ކުރުމުގެ އަގުތަކެއް އެހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ލަންކާގައި އަމިއްލަ ހޮސްޕިޓަލްތަކުގައި ކޮވިޑަށް ޓެސްޓްކުރާ އަގުތަކާ މެދު ގިނަ ބަޔަކު ފާޑުކިޔަމުން ދެއެވެ.
އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ އަމިއްލަ ހޮސްޕިޓަލުތަކުގައި ޕީސީއާރް ޓެސްޓު ކުރެވޭނެ އެންމެ މަތީ އަގަކީ 6000 ރުޕީސް ކަމަށް ކަނޑައަޅައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ