ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ގދ އަތޮޅަށް ވެއްޓިއްޖެއެވެ.
ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަހައްދަށް ވެއްޓުމާ ގުޅިގެން ސިފައިން ވަނީ އެ ބެލޫން ނަގާފައެވެ.
ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ކަމުގެ މައުލޫމާތު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދީފައި ވަނީ މިއަދު ހެނދުނު 10:08 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ކަމަށާއި ބެލޫން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބެލޫން ވެއްޓުނު ސަރަހައްދަށް ގޮސް އެ ބެލޫން ހޯދާފައި ވާކަމަށް އެމެއެންޑީއެފުން ބުނެއެވެ. އެ ބެލޫން މިހާރުވަނީ ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ ހަވާލުކޮށްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ގޫގަލް "ލޫން ޕްރޮޖެކްޓް" އަކީ ދުނިޔޭގެ ފަގީރު ސަރަހައްދުތަކަށް އިންޓަނެޓް ދިނުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓް އިން ބެލޫން މެދުވެރިކޮށް 1 އެމްބީޕީއެސް ސްޕީޑުގައި އިންޓަނެޓް ދެމުންދާނެއެވެ.
އެފްރިކާ ސަރަހައްދުގައި ގޫގުލް އިން 35 ބެލޫން ބޭނުންކޮށްގެން ހިންގާ މިޕްރޮޖެކްޓުގެ ބެލޫންތައް ރާއްޖެ ސަރަހައްދުން ވެސް ފެނެއެވެ.
ގޫގުލް
ގޫގުލް
ގޫގުލް
ގޫގުލް