ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ސުޕަ ހީރޯއެއްގެ ރޯލުން ފެނިގެންދާ ފިލްމުގައި އިތުރު ބަތަލެއް ނުހިމެނޭނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފިއެވެ.
އަދި ނަން އާއްމުކޮށްފައި ނުވާ އެ އެކްޝަން ތުރިލާ ފިލްމާ ބެހޭ ގޮތުން މީޑިއާއަށް އިންޓަވިއުއެއްގައި އަލީ ޒަފަރް ބުނީ ފިލްމުގެ ޝޫޓިން ތަކުގެ މަސައްކަތް ފެށުމަށް އަދި ހަމަސްދުވަސް ނަގާނެ ކަމަށެވެ.
"ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި. ފިލްމު ޝޫޓް ކުރުމަށް ނިންމާފައިވަނީ ޕޮލޭންޑް، ޖޯޖިއާ، ދުބާއީ، އަބޫދާބީ އަދި އުއްތަރުކާންދުގައި" އަލީ ބުންޏެވެ.
ފިލްމުގައި ކެޓްރީނާގެ ބައިވެރިއެއްގެ ގޮތުގައި ލީޑުރޯލުން ފެނިގެންދާނީ ކޮން ބަތަލެއްތޯ މީޑިއާއިން ސުވާލު ކުރުމުން އަލީ ބުނީ ކެޓްރީނާއަށް ބަތަލެއް ބޭނުން ނުވާކަމަށެވެ.
"ފިލްމުގައި ކެޓްރީނާ އަކީ ހީރޯ. އެހެންކަމުން އޭނާގެ ބައިވެރިއަކަށް ފިރިހެނަކު ބޭނުމެއް ނުވޭ." އަލީ ބުންޏެވެ. އަލީ އިތުރަށް ބުނީ ފިލްމު ވަރަށް ތަފާތުވާނެ ކަމަށާއި ކެޓްރީނާގެ ލޯބީގެ ބައެއް ވެސް ފެނިގެން ނުދާނެ ކަމަށެވެ.
ސުޕަ ހީރޯގެ ރޯލު ކުޅުމަށް ކެޓްރީނާ ގިނަ ޓްރެއިނިން ތަކެއް ހަދަން ޖެހޭނެއެވެ. އޭގެ ތެރޭގައި މާޝިއަލް އާޓްސް އަދި ކޮމްބެޓް ޓްރެއިނިން ވެސް ހިމެނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް