ސާޖިދް ނަދިދްވާލާ ގެ ފިލްމު "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުތް ބަތަލު ޓައިގާ ޝްރޮފް އެ ފިލްމުގެ ދެވަނަ ސީކުއިލް ކުޅުމަށް އެއްބަސްވެއްޖެ އެވެ.

މީގެ އިތުރުން ޓައިގާގެ މަގުބޫލު ފިލްމު "ބާޣީ" ގެ ހަތަރުވަނަ ބައި ވެސް ކުޅުމަށް އެއްބަސްވެފައިވާކަން ޓައިގާ ވަނީ އޭނާގެ އިންސްޓަގްރާމުގައި އިއުލާނު ކޮށްފަ އެވެ. މި ދެ ފިލްމުގައިވެސް ޓައިގާ މަސައްކަތް ކުރާނީ ޑައިރެކްޓަރު އަހުމަދު ޚާން އާ އެކުއެވެ.

މި ފިލްމުތަކުގެ ޝޫޓިން ޑިސެމްބަރުގައި ފެށުމަށް ހަމަޖައްސާފައިވާއިރު ޑިރެކްޓަރު އަހުމަދުވެސް ވަނީ އޭނާގެ ޓުވިޓާގައި މި ދެފިލްމު ޓައިގާ އަދި ސާޖިދްއާއެކު ކުރިޔަށް ގެންދާކަން އާއްމުކޮށް، އެކަމާ އުފާކުރާ ކަމަށް ބުނެފަ އެވެ.

ހީރޯޕަންތީގެ ފުރަތަމަ ފިލްމުގައި ޓައިގާއާއެކު ކްރިތީ ސާނޮން ފެނިގެންގޮސްފައިވާއިރު ބާޣީ އެކެއް އަދި ދޭއްގައި ބަތަލާއަކަށް ފެނިގެން ގޮސްފައި ވަނީ ޝްރައްދާ ކަޕޫރެވެ. ބާޣީ ތިނަކުން ފެނިގެންގޮސްފައިވަނީ ދިޝާ ޕަޓަނީއެވެ. މިދެފިލްމުގެ ސީކުއިލްތަކުގައި ފެނިގެންދާނެ ބަތަލާއިން އަދި އާންމުކޮށްފައެއް ނުވެއެވެ.