ތަޅާފޮޅާ ހާލެއް ފިލިޕީންސްގެ ފުލުހަކު މަރާލައިފިއެވެ.
ފިލިޕީންސްގެ އުތުރު ސަމަރް ޕްރޮވިންސްގައި ގަވާއިދާ ހިލާފަށް، ހާ ތަޅާފޮޅުމުގެ މުބާރާތެއް ބޭއްވި ތަނެއް ރެއިޑް ކުރުމަށް ދިޔަ ފުލުހުންގެ ތެރެއިން ފުލުހަކަށް ރުޅިގަދަ ހާލެއް ވަނީ ހަމަލާ ދީފައެވެ.
ހާ ހަމަލާ ދިން އިރު އެ ހާލުގެ ފައިގައި ތޫނު އެއްތެއް ހަރުކޮށްފައި ހުރިކަމަށް އެގައުމުގެ ފުލުހުން ބުނެފައި ވެއެވެ. ހާ ހަމަލާ ހަމަލާގައި ފުލުސް މީހާގެ ފައިގެ ފަލަ މަސްގަނޑު ކޮށާލިއެވެ. އަދި މައި ލޭނާރެއް ބުރިކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުސް މީހާ މަރުވެފައިވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.
ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިލިޕީންސްގައި ހާ ތަޅާފޮޅުމުގެ މުބާރާތްތައް ވަނީ މަނާކޮށްފައެވެ.
ފުލުހުންގެ މި މިރެއިޑްގައި އެތަނުގައި ތިބި އިސްމީހުން ވަނީ ހައްޔަރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ