ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުން ޒީނާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ތައްޔާރު ވެފއިވަނިކޮށް، ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުން ޒީނާ އިސްތިއުފާ ދެއްވައިފިއެވެ.
ޒިނާ މަގާމުން ވަކިކުރަން ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފައެވެ.
މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅީގައި ރިޔާސަތު ބެލެހެއްޓެވި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، މިއަދު ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އަހަމުން ގެންދަވައި، ޒީނާގެ މައްސަލައަށް ވޯޓަށް އަހާ ހިސާބަށް ދިއުމުން، ވިދާޅުވީ، ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުވާ ފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައަށް ވޯޓަށް ނާއްސަވާނެ ކަމަށް، އަފީފު ވިދާޅުވިއެވެ.
ޒީނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ މަގާމުން ވަކިކުރަން މަޖިލިސް ތަޅުމަށް ފޮނުވީ، ކޮމިޝަންގެ ނިންމުންތައް ނިންމުމުގައި ތަފާތު ކުރުންތައް ގެންގުޅުމާއި، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވަމުން ނުގެންދެވުމުގެ އިތުރުން، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ނުފޫޒުތަކަށް މައްސަލަތައް ނިންމާފައިވާމައްސަލައިގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު