މަދުން ނޫނީ ނުފެންނަ ވަރުގެ ހަތަރު ފޫޓުގެ ޖެލީ ފިޝް އެއް ފެނިއްޖެއެވެ.

މި ޖެލީ ފިޝް ފެނިފައިވަނީ ފްލޮރިޑާގެ އަތިރިމަތީގައި ޖޮގިން ކުރަމުންދިޔަ މީހަކަށެވެ. އޭނާ ވަނީ ފްލޮރިޑާގެ ގަލްފް ކޯސްޓް ޔުނިވަސިޓީގެ ބަޔޮލޮޖިސްޓަކަށް އެ ޖެލީފިޝްގެ ފޮޓޯ ދައްކއިފައެވެ.

މެރިން ބަޔޮލޮޖިސްޓް ޖޭމްސް ޑޯގްލާސް ވަނީ އެއީ ޕިންކް މޭނީ ނަމަކަށް ކިޔާ ބާވަތުގެ ޖެލީ ފިޝް އެއް ކަމަށް ބުނެފައެވެ. އަދި އެބާވަތުގެ ޖެލީފިޝް އެހާ ނުރައްކާ ނުވާނެ ކަމަށާއި އޭގައި ޖެހިއްޖެ ނަމަ ހަންގަނޑު ހިރުވުން ފިޔަވައި އިތުރުކަމެއް ކުރިމަތި ނުވާނެކަމަށް ވެސް ބުންޏެވެ.

ޖޭމްސް ވަނީ މިއީ ވަރަށް މަދުން ފެންނަ ބާވަތެއް ކަމަށް ބުނެފައެވެ އަދި މިބާވަތުގެ ޖެލީފިޝްތަކުގެ ފައިތައް 70 ފޫޓާ ހަމައަށް ދިގުވާކަމަށް ބުނެފައެވެ. އަދި އަތިރިމަތިން މިބާވަތުގެ ޖެލީ ފިޝް އެއް ފެނުނު ނަމަ އެއާއެކު އެހެން ޖެލީ ފިޝްތައް ފެންނާނެ ވެސްކަމަށް ޖޭމްސް ވަނީ ބުނެފައެވެ.