ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލާ ބަންގްލަދޭޝްގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ.
ބަންގްލަދޭޝްއިން ކުރަން ފަށާފައިވާ މުޒާހަރާގެ ފުރަތަމަދުވަހު ވަނީ އެތަކެއްހާސް މީހުން މަގުތަކަށް އެއްވެ އިސްލާމްދީނަށް ފުރައްސާކުރާކަމަށް ބުނެ އެގައުމުގެ އުފެއްދުންތައް ބަންގްލަދޭޝްގައި ބޮއިކޮޓްކުރުމަށް ގޮވާލައިފައެވެ.
މުޒާހަރާކުރާ މީހުން ބަންގްލަދޭޝްގައި ހުންނަ ފްރާންސްގެ އެމްބަސީ ސަރަހައްދަށް ދިއުމަށް މަސައްކަތްކުރުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފައެވެ.
މިމައްސަލައާ ގުޅިގެން މެދުއިރުމަތީގެ ގިނަ ގައުމުތަކަކުން ވެސް ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ. ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުންދަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކަރޮން އިސްލާމް ދީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
މެކަރޮން ވަނީ ފްރާންސްގެ ސްކޫލް ޓީޗަރަކު ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫން ކުރެހިި މައްސަލަ ހޫނު ވެ، ބަޔަކު އެޓީޗަރު މަރާލުމާ ގުޅިގެން އެގައުމުގައި ތިބި ދީނީ ހަރުކަށި މީހުން ނައްތާލާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އަދި މެކަރޮން ވަނީ އިސްލާމްދީނަކީ ކާރިސާއެއްގެ ތެރޭގައި އޮތް ދީނެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
އަރަބި ގައުމުތަކުން ބޮޑު ކެމްޕެއިނެއް ފެއްޓުމާއެކު އެކަމުގެ އަސަރު ފްރާންސްގެ އިގްތިސޯދަށް ކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ