އޭނާގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ލާރި ނެންގެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން އިބްތިދާއީ ބަހުސް ކުރިއަށް ދިޔަ، އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ، ރައީސް މައުމޫނަށް ފައިސާ ދެއްވީ، އިތުރުފުޅު ނުހައްދަވާނެކަން ކަނޑައެޅިގެން އެނގިވަޑައިގަންނަވާތީ ކަމަށެވެ.
ނަމަވެސް ރައީސް މައުމޫނުގެ ފަރާތްޕުޅުން ވަޑައިގަންނަވާ ވަކީލު ހައްދަަވީ ދޮގުކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވާއިރު، ރައީސް މައުމޫނު އަބްދުލްގައްޔޫމު، ޖާބިރުގެ އަތުން، ދަރަންޏަށް ނަންގަވާފައިވާ ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާ ހޯދަން މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު 1:00 އަށް ވަނީ ތާވަްލ ކޮށްފައެވެ.
ޖާބިރު ވިދާޅުވީ، މިއަދު 1:00 ގައި އެ ޝަރީއަތް އެބައޮތް ކަމަށާއި، ރައީސް މައުމޫނު އިފްލާސްކުރަން ޖެހޭ ކަމަށެވެ.
ރައީސް މައުމޫނުގެ މައްޗަށް ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އަނބުރާ ދައްކާ ގޮތަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެފައިސާ ރައީސް މައުމޫނަށް ނުދެއްކިއްޖެނަމަ މުގާބިލްގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު