ބޮލީވުޑްގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަން މުމްބާއީ އިން 97.50 ކްރޯޑް ރުޕީސްގެ އަބޮޑު ދެ ގެ ގަނެފިއެވެ.

އެގޮތުން ރިތިކް ގަތް އެ އަގުބޮޑު ދެ ގެ ހުންނަނީ މުމްބާއީގެ ޖުހޫގެ ވަސޯވާ ލިންކް ރޯޑްގައެވެ. އެހާ އަގުބޮޑު ދެގެ ރިތިކް ގަތުމުން އެތައް ބަޔަކަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.

ރިތިކް އަގު ބޮޑު ދެގެ ގަނެފައި ވީނަމަވެސް، އަދި މިހާތަނަށް އެ ދެގޭގެ އެއްވެސް ފޮޓޯއެއް އާއްމެއް ނުކުރެއެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރިތިކް ގެ ބައްޕަ ރޭކޭޝް ރޯޝަން ވެސް ވަނީ އެ ހަބަރު ކަށަވަރު ކޮށްދީފައެވެ. ރިތިކް އާ ދެގެ ގަނެފައިވީނަމަވެސް އެގެއަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ރިތިކް ގެ ވަރަށް ގާތް ފަރާތަކުން ވަނީ އިންޑިއާގެ މީޑިއާއަކަށް ކަށަވަރުކޮށްދީފައެވެ.

ރިތިކް ގެ އެކުވެރިޔާ ބުނީ ރިތިކް އޭނާގެ މައިންބަފައިން ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި އެމީހުންނާ ވަކިން ރިތިކަށް ދިރި ނޫޅެވޭނެ ކަމަށެވެ. ރިތިކް އެދެ ގެ ގަތީ އޭނާ ދެ ދަރިންގެ ކުރިމަގަށް ވިސްނާފައި ކަމަށްވެސް ރިތިކްގެ އެކުވެރިޔާ ބުންޏެވެ.